ads
ޖީޖީ ދަރިފުޅު ގޮވައިގެން--
ދަރިފުޅުގެ މޫނު ދައްކާލަން ޖީޖީ ބޭނުމެއް ނޫން!
މިދިޔަ ސެޕްޓެމްބަރު މަހު މަންމައަކަށްވި ޖީޖީ ހަދީދް މި ވަނީ އަނެއްކާވެސް އޭނާގެ ތިން މަހުގެ ދަރިފުޅުގެ "ސްނީކްޕީކް" ފޮޓޯއެއް އިންސްޓަގްރާމުގައި ދައްކާލާފަ އެވެ.

އެ ފޮޓޯއިން ފެންނަނީ ތުއްތު ދަރިފުޅު ޖީޖީގެ އިނގިލީގައި ހިފައިގެން އޮންނަ މަންޒަރެވެ. ފޮޓޯގެ ކެޕްޝަނުގައި ޖީޖީ ލިޔުނީ "މައި ގާލް!" ކަމަށެވެ. 

އެ ފޮޓޯ ފެނުމާއެކު ޖީޖީގެ ދައްތަ އަދި ތުއްތު ދަރިފުޅުގެ ބޮޑުދައިތަ ބެލާ ހަދީދް ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް އެ ފޮޓޯ އަލުން ޕޯސްޓުކޮށްފަ އެވެ.

your imageއިންސްޓަގްރާމުގައި ޖީޖީ ހިއްސާކުރި ފޮޓޯ--

ދަރިފުޅުގެ "ސްނީކްޕީކް" ފޮޓޯތައް އާއްމުކުރަމުން ދިޔަ ނަމަވެސް ޖީޖީ އަދި ބައްޕަ ޒެއިން މަލިކް ވެސް މިހާތަނަށް ދަރިފުޅު ރަނގަޅަށް ފެންނަ ފޮޓޯއެއް އާއްމުކޮށްފައެއް ނުވެ އެވެ. 

ދެ ތަރިންގެ އާއިލާއިން ވެސް އުޅެނީ ތުއްތު ދަރިފުޅު "ފޮރުވައިގެންނެވެ". ދަރިފުޅުގެ މޫނު ދައްކާލާފައި ނުވާއިރު، ކިޔާ ނަން ވެސް ފޭނުންނާ ހިއްސާކޮށްފައެއް ނުވެ އެވެ. 

މިދިޔަ ޑިސެމްބަރު މަހު ޖީޖީ ވަނީ ދަރިފުޅު ގޮވައިގެން ނިއުޔޯކްގެ ސްނޯ ބަލާލަން ނިކުމެފަ އެވެ. މަގުމަތީގައި އުޅުނު މަންޒަރު ފެންނަ ފޮޓޯއެއް ޖީޖީ ހިއްސާކުރި އެވެ. 

އެ ފޮޓޯގެ ކެޕްޝަނުގައި ޖީޖީ ލިޔެފައި ވަނީ މިއީ ދަރިފުޅުގެ ފުރަތަމަ ސްނޯ ކަމަށެވެ. އެ ފޮޓޯއަށް ޖީޖީގެ ރައްޓެހި ގިނަ ސެލެބްރިޓީން ކޮމެންޓުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި އޭޝްލީ ގްރަހަމް، ސްޓެލާ މެކްސްވެލް އަދި ހެއިލީ ބީބާ ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް