ads
ރައީސް ސޯލިހް އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކަކާއި އެކު - ފޮޓޯ: ސަން
ބޭބީ ނާސަރީ އާއި ނާސަރީ ކުދިންނަށް ކިޔެވުން ފަށަނީ
އަންނަ އާދިއްތަ ދުވަހު، ސްކޫލުތައް ހުޅުވޭއިރު ބޭބީ ނާސަރީ އާއި ނާސަރީގެ ދަރިވަރުންނަށް ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން މިމަހުގެ ދިހަވަަނަ ދުވަހު، ދިރާސީ އާ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށިގެންދާއިރު ބޭބީ ނާސަރީ އާއި ނާސަރީގެ ދަރިވަރުންގެ ކިޔެވުން ވެސް ފެށެނޭ ކަމަށެވެ.

ނަމަވެސް އިއްޔެ އެ މިނިސްޓްރީން ވަނީ އެލްކޭޖީން ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވާ ދިނުން ނުފެށޭނެ ކަމަށް ބުނެފަ އެވެ. 

ސްކޫލްތައް ހުޅުވާއިރު އެޑިއުކެޝަން މިނިސްޓްރީން ވަނީ ގަވާއިދުތަކެއް އެކުލަވާލާފަ އެވެ. އެގޮތުން ދަރިވަރުންގެ ހާޒިރީ އެމްއީއެމްއައިއެސް މެދުވެރިކޮށް އެޑިއުކޭޝަނަށް ފޮނުވުމާއި ކުލާސްތަކުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފަ އެވެ. 

އަދި ދަރިވަރުންގެ ކިޔެވުން އެކި ސުކޫލްތަކުގައި އެކި ގޮތްގޮތަށް ކުރިއަށް ގެންދާއިރު މިނިސްޓްރީން ބުނީ އެއް ސެޝަނަށް ކިޔަވައިދިނުން ކުރިއަށް ގެންދާ ސުކޫލްތަކުގައި ދަރިވަރުން ސުކޫލަށް ހާޒިރު ވާން ޖެހޭނީ ހަފްތާއެއްގައި ފަސް ދުވަހު ކަމަށާއި ދެ ސެޝަނަށް ކިޔަވައިދޭ ސުކޫލްތަކުގައި ދަރިވަރުން ސުކޫލަށް ހާޒިރު ވާން ޖެހޭނީ ހަފްތާއަކު ފަސް ދުވަހު ކަމަށެވެ. އަދި ދެ ސެޝަނަށް ކިޔަވައިދޭ ބައެއް ސުކޫލްތަކުގައި ދަރިވަރުން ހާޒިރުވާނީ ދެ ދުވަހުން އެއް ދުވަހު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާއިރު ކުރިއަށް ގެންދާނީ މިދިޔަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުމެވެ. 

މާލޭ ސަރަހައްދުގެ ސްކޫލުތައް ހިމެނޭ ގޮތަށް ސްކޫލުތައް ހުޅުވަން އެޑިއުކޭޝަނުން ތައްޔާރުވަމުން އަންނައިރު އަދިވެސް ކޮވިޑްގެ ކޭސްތައް މާލޭ ސަރަހައްދުން ދަނީ ފެންނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް