ads
ވިރާޓް އާއި އަނުޝްކާ--
ބެލްކަނީގައި ދެމަފިރިން ތިއްބާ ފޮޓޯ ނެގުމުން އަނުޝްކާ ރަތަށް!
ބޮލީވުޑުގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާނީ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ އެވެ. އެ ދެމަފިރިންނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާއިރު ޕަޕަރާޒީންގެ ލެންސުތައް އަބަދުވެސް މި ދެތަރިންނަށް އަމާޒުވެ އެވެ. ވަކިން ހާއްސަކޮށް އަނުޝްކާ ބަނޑުބޮޑުކަން އިއުލާންކުރި ފަހުން އެކަން ވަނީ ބޮޑުވެގެން ގޮސްފަ އެވެ.

އެކަމަކު ވިރާޓް އާއި އަނުޝްކާ ފާހަގަކުރެވެނީ ވަރަށް ޕްރައިވެޓް ޖޯޑެއްގެ ގޮތުގައި ވެސް މެ އެވެ. ޕަޕަރާޒީންނަށް ފުރުސަތު ދިނަސް އެކަން އޮންނަނީ ވަކި މިންވަރަކަށެވެ.

މި ފަހުން އަނުޝްކާ މިވަނީ އެ ރޮނގުން ޕަޕަރާޒީން ކައްސާލުމުން އެކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އަނުޝްކާގެ އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ވަނީ ޕަޕަރާޒީން އަނުޝްކާ އާއި ވިރާޓް ބެލްކަނީގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ދެތަރިން އެކަކު އަނެކަކާ ވާހަކަ ދައްކަން ތިބި މަންޒަރު ފެންނައިރު އެ ފޮޓޯ ނެގުމުން އަނުޝްކާ ވަނީ ނުރުހުން ވެފަ އެވެ. 

އެގޮތުން އެތަން ފޮޓޯ ނުނެގުމަށް އެދުމުން ވެސް ފޮޓޯ ނަގައި، އެމީހުންގެ ޕްރައިވެސީއަށް އަރައި ގަނެފައިވާ ކަމަށް އަނުޝްކާ ބުނެ އެވެ. އަދި އެކަން ހުއްޓަން ވަނީ ގޮވާލާފަ އެވެ. 

އަނުޝްކާ ވަރަށް އަވަހަށް ވިހާނެ އެވެ. މިހާރު އޭނާ ހުރީ އާއިލާއާއެކު މުމްބާއީގަ އެވެ. އޮސްޓްރޭލިއާގައި އުޅުމަށް ފަހު މިވަގުތު ވިރާޓް ވެސް ހުރީ އަންހެނުން ވިހާތީ އިންޑިއާއަށް ގޮހެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް