ads
އަނަންޔާގެ ޔޯގާ ސެޝަންގައި ކޮއްކޮ ރީސާ އާއިއެކު
އަނަންޔާގެ ޔޯގާ ސެޝަން ދެކުނިންތަ؟
"ކާލީ ޕީލީ" ގެ ތަރި އަަނަންޔާ ޕާންޑޭ މިފަހުން އެންމެންގެ ސަމާލުކަން ހޯދާފައިވަނީ އެ ފިލުމުގައި އޭނާއާއިއެކު ހަރަކާތްތެރިވި އޭނާގެ ކޯ ސްޓާ އިޝާން އަހްތަރާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެގެން ދިޔުމުންނެވެ.

އެކަމަށް ދެމީހުންކުރެ އެކަކުވެސް އެއްބަސްވެފައި ނުވި ނަމަވެސް އެކަމަށް އިންކާރު ކޮށްފައެއް ވެސް ނުވެއެވެ. އަދި ވަރަށް ފަހުން މި ދެތަރިން އެކުގައިވަނީ އާއަހަރު ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ޗުއްޓި ވެސް ފުރިހަމަކޮށްފައެވެ.

ޗުއްޓީ ނިންމާލުމަށްފަހު އަނބުރާ ގައުމަށް ދިޔަ ނަމަވެސް "މެންޓަލީ" ރާއްޖޭގަ ހުރިކަމަށް ބުނާ އަނަންޔާ ވަނީ އޭނާ ސްޓްރެސް ދުރުކުރުމަށާއި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކު ހެނދުނު ކުރާ ޔޯގާ ސެޝަންތައް ފޭނުންނަށް ދައްކާލާފައެވެ.

ކޮއްކޮ ރީސާ އާއިއެކީ ޔޯގާ ކުރަނިކޮށް ފެންނަ އެ ވީޑިއޯގެ ކެޕްޝަންގައި އަނަންޔާ ބުނެފައިވަނީ އެއީ އޭނާގެ އެންމެ ފެވަރިޓް ރިޗުއަލް ކަމަށާއި "ދުނިޔެ އަބަދުވެސް އެކޮޅުކޮޅުން ފެނުން މާ ރަނގަޅު" ކަމަށެވެ.

your imageއަނަންޔާގެ ޔޯގާ ސެޝަން

މަޝްހޫރް ތަރި ބޮލީވުޑްގެ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ އިޝާން އަހްތަރާއި އެކު ފިލްމް "ކާލީ ޕީލީ" އިންނެވެ. 

އިޝާން އާއި އަނަންޔާ އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމަކީ ކާލީ ޕީލީ އެވެ. ސްޓޫޑަންޓް އޮފް ދަ އިޔާ ދެއަކުން އަނަންޔާ ބޮލީވުޑަށް ނުކުތްއިރު އިޝާން ބޮލީވުޑަށް ނިކުތީ ދަޅަކް އިންނެވެ. އެކަމަކު އޭނާގެ ފުރަތަމަ ފިލްމަކީ ބިޔޯންޑް ދި ކްލައުޑްސް އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް