ads
ގުޅީފަޅު
ގުޅީފަޅު އަދި ތިލަފުށިން ބިން ދޫކުރުން މެދުކަނޑާލައިފި
ތިލަފުއްޓާއި ގުޅިފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުމާއި ބިން ބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ އާއި މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ވަގުތީ ގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ.

އަދި އިތުރަށް ދޫކުރެވެން ހުރި ބިންތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްނިމުމުން، އެބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ އެޗްޑީސީ އާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން، އެއްކޮށްލުމާ ގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިޔާ ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ. 

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅީފަޅު އަދި ތިލަފުށި މެނޭޖްކުރުމަށްޓަކައި އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީއަކީ ހުޅުމާލޭގެ ކަންކަން ބެލެއްޓުމަށް އުފެއްދި ކުންފުންޏެކެވެ. އެހެންނަމަވެސް އެ ދެ ކުންފުނި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އެއްކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް