ads
ސައުދީގައި މީހެއްގެ ހުން ބަލަނީ: ފޮޓޯ އަންދޮލް އެޖެންސީ
ސައުދީގެ ބޯޑަރު ހުޅުވާނީ މާޗު މަހު!
ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ހުޅުވިގެންދާނީ މާޗު މަހުގެ 31 ގައި ކަމަށް އެ ގައުމުން ބުނެފިއެވެ.

ސައުދީގެ ބޯޑަރުތައް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހަފްތާއަކަށް ބަންދުކޮއްފައިވާއިރު، އެގައުމުން ވަނީ އަނެއްކާވެސް އެމުއްދަތު މާޗި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް އިތުރުކުރަން ނިންމާފައެވެ.

ސައުދީ ބޯޑަރު ބަންދުކު މުއްދަތު އިތުރު ކުރަން ނިންމީ ކޮވިޑް-19ގެ އާ ވޭރިއަންޓަށް އިއްޔެގެ ދިހަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންކަމަށް އެ ގައުމުގެ ސިއްހީ ވުޒާއިން ވަނީ ބުނެފައެވެ. އަދި އެ މީހުން މިހާރު ވަނީ އެކަހެރި ކޮށްފަކަމަށާއި އެމީހުންނާ ކޮންޓެކްޓުވި 27 މީހުން ޓެސްޓު ކުރުމުން ބައްޔަށް ނެގެޓިވްވެފައިވާކަމަށް އެގައުމުުގެ ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ. 

ސައުދީގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު އުމުރާ އަދި ހައްޖުގެ އަޅުކަންތަށް ވެސް އެ މުއްދަތުގައި ވަނީ މެދުކަނޑާފައެވެ. އަދި އެގައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރުތައްވެސް ވަނީ މާޗު 31ގެ ނިޔަލަށް ބަންދު ކުރެވިފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ސައުދީން 108 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގައުމުން މިހާތަނަށް 363,582 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 6278 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ ޖުމްލަ 355037 މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް