ads
ނަޓަލީ ޕޯޓްމަން އާއި ރަންބީރު ކަޕޫރު-
ރަންބީރު ނަޓަލީ ކައިރީ ފޮޓޯއަކަށް އެދުމުން ދިން ޖަވާބު!
ރަންބީރު ކަޕޫރު އަކީ އާއްމުކޮށް އޭނާއަށް ދިމާވާ ހެއްވާ މަޖާ ވާހަކަަތައް ފޭނުންނާ ހިއްސާ ކުރާ މީހެކެވެ. ނަމަވެސް މިފަހަރު ރަންބީރު މިވަނީ އޭނާއަށް ދިމާވި ވަރަށް ހިތާމަވެރި ކަމެއްގެ ވާހަކަ ހިއްސާކޮށްފައެވެ.

އިންޑިއާގައި ރަންބީރު ކިތަންމެ މަޝްހޫރު ނަމަވެސް ގައުމުން ބޭރު ބައެއް ހިސާބުތަކުގެ މީހުންނަށް ނޭނގިދާ ފަހަރު ދެއެވެ. އެގޮތުން ރަންބީރު 2016 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ގޮސް އުޅެނިކޮށް އޭނާ އަށް ހޮލީވުޑްގެ މަޝްހޫރު ތަރި ނަޓަލީ ޕޯޓްމަން ފެނުނެވެ. ރަންބީރު އަކީ ނަޓަލީ ޕޯޓްމަންގެ ވަރަށް ބޮޑު ފޭނެކެވެ. 

އިންޑިއާގެ މަޝްހޫރު ކޮމެޑީ ޝޯ ކަޕިލް ޝަރުމާގެ ޝޯގައި ވާހަކަދައްކަމުން ރަންބީރު ކިޔައިދިން ގޮތުން ރަންބީރަށް ނަޓަލީ ފެނުނީ އޭނާ ވަރަށް އަވަަހަށް ފާހާނާއަކަށް ދާން ބޭނުންވެގެން މަގުމަތިން ދުވެފައި ދަނިކޮށް ކަމަށެވެ. އެ ހާލަތުގައި ހުރެވެސް ނަޓަލީ ކައިރިން އަޅާފައި ދިޔުމުން އެއީ މަޝްހޫރް ހޮލީވުޑްގެ ތަރި ނަޓަލީކަން އޭނާއަށް ދެނެގަނެވުނު ކަމަށާއި ފާހާނައަށް ދާންވެފައި ހުރެމެ، އަނެއްކާވެސް އެނބުރި އަވަހަށް ދުވެފައި ނަޓަލީއާ އަރާ ހަަމަކޮށް ފޮޓޯއަކަށް އެދެވުނު ކަމަށް ރަންބީރު ކިޔައިދިނެވެ. 

ދުވެފައި ގޮސް އެކީގައި ފޮޓޯއަކަށް އަހާލެވުނު އިރު އެވަގުތު ނަޓަލީ ހުރީ ރޯން ކަމެއް ރަންބީރު އަކަށް ނޭނގެ އެވެ. ކޮންމެ ވެސް ކަމަކާ ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ހުރި ނަޓަލީ ވަގުތުން ރަންބީރު އާ ދިމާލަށް "ގެޓް ލޯސްޓް" ބުނުމަށް ފަހު އެތަނުން ދިޔައީ ކަމަށް ރަންބީރު ކިޔައިދިނެވެ. އެވަގުތު ނަޓަލީ ދިޔައީ ފޯނެއްގައި ހުރެ ވޮޝްރޫމަކާ ދިމާލަށް ކަމަށް ވެސް ރަންބީރު ބުންޏެވެ. 

ރަންބީރު ބުނީ އެވަގުތު އޭނާ ވަރަށް ދެރަވި ނަމަވެސް އޭނާއަށް ފޮޓޯއަކަށް އަހާލެވުނީ ނުބައި ވަގުތެއްގައި ކަމަށް އިހުސާސް ކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ ނަޓަލީ އާ މެދު ދެކޭ ގޮތް ކުޑަކޮށް ވެސް ބަދަލުވެފައި ނުވާ ކަމަށް ބުންޏެވެ. މިހާރު ވެސް އޭނާ އަކީ ނަޓަލީގެ ވަރަށް ބޮޑު ފޭނެއް ކަމަށް ރަންބީރު ބުނެއެވެ. އަދި ދެންވެސް ބައްދަލުވެއްޖެ ނަމަ ފޮޓޯއަކަށް އެދެމުން ފަހަތުން ދާނަން ކަމަށް ވެސް ރަންބީރު ބުނެއެވެ.

ރަންބީރު ދެން ފެނިގެންދާނީ އަޔާން މުކަރްޖީގެ ފިލްމް ބްރަހްމަސްތްރަ އިންނެވެ. އެ ފިލްމުން ރަންބީރު އާ އެކު ފެނިގެންދާނީ އަމީތާބް ބައްޗަން، އާލިއާ ބަޓްގެ އިތުރުން ސައުތް އިންޑިއަން ފިލްމު ކުޅޭ މަޝްހޫރު ތަރިއެއް ކަމުގައިވާ ނާގްއަރްޖުނާ އަކިނެކީ އަދި ޑިމްޕަލް ކަޕާޑިއާ އެވެ.  

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް