ads
ފޮޓޯ: ފުލުހުން
ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ރޯވެ އަނދަނީ
ށ. ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ރޯވެއްޖެ އެވެ.

ފުލުހުން ބުނީ ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ލަކުނޑި ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. 

މިރޭ 22:45 ގައި އެކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވާއިރު އެތަނުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށެވެ. އަދި ފުލުހުންނާއި އާންމުން ގުޅިގެން އެ ސަރަހައްދުގައި ހުރި ދޯނިތައް ދުރަށް ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  

މިހާރު މި އަލިފާންގަނޑު ވަނީ ނިއްވާލެވިފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް