ads
ނެއްލައިދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ ނިމިއްޖެ
ހދ. ނެއްލައިދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓުގެ މަސައްކަތުގެ ފަސް އިންސައްތަ ނިމިފައިވާ ކަމަށާއި، މުޅި މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

އަދި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގުމަތީގައި ބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު 27 ގައި 47.62 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް