ads
ބޫމީ--
ބޫމީ އުޅެނީ ތިމާވެށި ހިމާޔަތްކުރަން
އެކްޓަރު ބޫމީ ޕެޑްނޭކަރުއަކީ ތިމާވެށީގެ ކަންކަމަށް ވަރަށް އިސްކަމެއް ދޭ މީހެކެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ދެމެހެއްޓެނިވި ގޮތްތައް އިހްތިޔާރު ކުރުން މުހިއްމު ކަމަށް އޭނާ ދެކެ އެވެ.
Advertisement

ބޫމީ އުފައްދާފައިވާ އަމިއްލަ ޖަމިއްޔާ "ކްލައިމެޓް ވޮރިއާ" އިން މި ވަނީ "ޔަންގް އާތް ޗެމްޕިއަންސް" އާ ގުޅިގެން އިންޑިއާގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މި މަސައްކަތުގެ ދަށުން ގްރޭޑް ފަހަކާއި ނުވަޔަކާ ދެމެދުގެ ކުދިންނަށް ވަނީ ސިޓީތަކާއި އަވަށްތައް ދެމެހެއްޓެނިވި ގޮތަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ ބެހޭ ހިޔާލު ހުށަހެޅުމަށް ހުޅުވާލާފަ އެވެ. 

މި މުބާރާތުން އެންމެ ރަނގަޅު ހިޔާލު ހުށަހެޅި ކުރިން ހޮވާނީ ތިމާވެށި ދާއިރާގެ ތަޖުރިބާކާރަކާއި ބޫމީ އެވެ.

ބޫމީއަކީ އޭނާ ކުޅޭ ފިލްމުތަކުން ތަފާތު އިޖުތިމާއީ މެސެޖު އާއްމުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ތަރިއެކެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާ ބޭނުންވަނީ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ކަމަށެވެ.

ކުޑައިރުން ފެށިގެން ވެސް ތިމާވެއްޓާ މެދު ވަރަށް ފިކުރު ކުރާ ކަމަށް ބޫމީ ބުނެފައި ވެއެވެ. "ޕެޑް މޭން" އިން ފެނުނު ބޫމީ ބުނީ ފެން ނުލިބިއްޖެ ނަމަ ވާނެ ގޮތަކާ މެދު އޭނާ ކުޑައިރު ވިސްނި ކަމަށާއި ތިމާވެއްޓާ ގުޅޭ ލިޔުންތައް ކިޔަން ފެށީ އޭގެ ފަހުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް