ads
ވީޑިއޯ ރިޕޯޓް-
ކައުންސިލް އިންތިހާބު: ސަރުކާރު އަތަށް ގޮވަނީބާ؟
އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ލާމަރުކަޒީ ނިޒާމުގެ ބާނީކަމަށް ނުވަތަ އެ ނިޒާމު ރާއްޖެއަށް އުފަންކުރުވި ޕާޓީކަމަށް އަބަދުވެސް ދައުވާކުރާ ޕާޓީއެވެ.

އެގޮތުން އެންމެ ފުރަތަމަވެސް ކަތީބުންގެ ޒަމާން މާޒީކޮށް، ރަށްރަށުގެ ހިންގުމާއި ތަރައްގީގެ ކަންކަން މަރުކަޒީކޮށް އޮތް އޮތުން ނިމުމަކަށް ގެނެސް، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ނިޒާމުގެ ދަށުން ރަށު އޮފީސްތައް ރަށު ކައުންސިލް އިދާރާތަކަށް ބަދަލުކުރެވިގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ. ނުވަތަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

މިކަން މިމަގުން ވެގެން ދިއުމަކީ އެޕާޓީން އަބަދުވެސް، ލާމަރުކަޒީ ނިޒާމު އެންމެ ބޮޑަށް ދަންނަ ޕާޓީ އަކީ އެމްޑީޕީކަމަށް ބުނާ އެންމެ ބޮޑު އެއް ސަބަބަށެވެ. 

ނަމަވެސް ޒަމާންތައް ބަދަލުވަމުން އައިސް، އެކިއެކި ރައީސުންގެ ވެރިކަން ފުރޮޅެމުން އައިސް އެމްޑީޕީގެ ދެވަނަ ވެރިކަމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބާއްވާ އެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ބާއްވަން އޮތް ތާރީހު ފަހަނައަޅައި ގޮސް އަހަރެއް ވާއިރުވެސް އެ އިންތިހާބު އަދިވެސް މިއުޅެނީ ނުބޭއްވިގެންނެވެ. 

މިކަމުގެ ސަބަބުތައް ވެސް ބައިވަރެވެ. ހުރީ އޮއްޓަރެއް ހުރި ޒާތުގެ ސަބަބުތަކާއި މާބޮޑު ބުރަދަނެއް ނެތް ބާވަތުގެ ސަބަބުތަކެވެ. ނުވަތަ ބަހަނާތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް