ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ މަޝްރޫއުގެ ވިޔަފާރި ޔުނިޓްތައް އާންމުންނަށް ދައްކާލަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިޔަފާރި ޔުނިޓްތައް ބަލާލަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގައި ހިމެނޭ ވިޔަފާރި ޔުނިޓުތައް ބަލައިލުމުގެ ފުރުސަތު ކުރިން ހުޅުވާލި ނަމަވެސް، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެ ފުރުސަތު ވަނީ ރަޖިސްޓްރީ ކުރި ފަރާތްތަކަށް ނުދެވި ކަމަށެވެ. 

އެހެން ނަމަވެސް، އެ ކޯޕަރޭޝަނުން ހުޅުމާލެ ފޭސް ދޭއްގެ ހިޔާ މަޝްރޫއުގައި ހިމެނޭ ވިޔަފާރި ޔުނިޓުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާތީ އާއި ކުރިއަށް އޮތް ތަނުގައި ވެސް ހިޔާ މަޝަރޫއުގެ އިތުރު ވިޔަފާރި ޔުނިޓުތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައި ވާތީ، އެ ޔުނިޓްތައް ބަލައިލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.  

އެހެންކަމުން، އެ ވިޔަފާރި ޔުނިޓްތައް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ހުށަހަޅަން ވާނެ ކަމަށް ބުނެ އެވެ. 

އަދި ކޮވިޑް-19 ރޯގާގެ ހާލަތާއި ގުޅިގެން، ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް އެ ތަންތަން ބަލަން ނުވަދެވޭނެ ކަަމށް ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ރަޖިސްޓްރީ ކުރާ ފަރާތްތަކާއެކު ވިޔަފާރި ޔުނިޓްތައް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް