ads
ދިޝާ ޕަޓާނީ--
ދިޝާ މީނީ ޗީޓްކުރަން ކެތްމަދުވެފައި!
ބޮލީވުޑުގެ ޒުވާން ތަރި، ދިޝާ ޕަޓާނީއަކީ ނިކަން ފިޓް ތަރިއެކެވެ. ކަސްރަތު ކުރުމަށް އިންތިހާއަށް ހިތްޖެހިފައި ހުއްޓަސް ހަފްތާއަކު އެއް ފަހަރު، "ޗީޓް" ކޮށްލަ އެވެ.

ރޭގެ ވަގުތެއްގައި ދިޝާ އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯގައި ބުނެފައި ވަނީ އޭނާ މިއަދަށް އިންތިޒާރުކުރަމުން އަންނަނީ ޗީޓްކުރަން ކެތްމަދުވެފައި އިންވަރުން ކަމަށެވެ. 

ކޮންމެއަކަސް މިއަދު ސްޓޯރީ ބަލާލިއިރު ފެނިގެންދަނީ ތަފާތު ފޮނި ޒާތުގެ ކާތަކެއްޗެވެ. އެގޮތުން މަފިންނަކާއި ޗޮކްލެޓް މިލްކް ޝޭކެއް ހިއްސާކޮށް، ޗީޓް ކުރަން ފެށިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

ކޮންމެއަކަސް މިޒާތުގެ ކާނާ މަދުމަދުން ކެޔަސް، ދިޝާ އާންމުކޮށް ކައި ހަދަނީ ސިއްހަތަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ކަމަށް ކުރިން ބުނެފައިވެ އެވެ. އެކަން އޭނާގެ ހަށިގަނޑަށް ބަލާލުމުން ވެސް ސާފެވެ. 

އުމުރުން 28 އަހަރުގެ ދިޝާ ފިޓްނެސްގެ ދާއިރާގައި އެހާ ބޮޑަށް އުޅޭ މަންޒަރު ފެނިގެން ދިޔައީ، ޓައިގާ ޝްރޮފާއެކު އުޅެން ފެށި ހިސާބުންނެވެ. ދިޝާ ވަނީ ބާރަތާއި އެމްއެސް ދޯނީ އަދި މަލަގް އާއި ބާގީ ދޭއް ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް