ads
ރާޖްކުމާރު--
ރާޖްކުމާރުގެ ހަށިގަނޑަށް ބޮޑު ބަދަލަށް
ރާޖްކުމާރު ރާއޯ 2020 ވަނަ އަހަރު ނިންމާލީ އަނޫރާގު ބާސޫ އުފެއްދި ފިލްމު "ލޫޑޯ" ގެ ކާމިޔާބާ އެކު އެވެ. ރާޖްކުމާރު އަންނަނީ އޭނާގެ ކާމިޔާބު ފިލްމުތަކުން މެދުކެނޑުމެއް ނެތި ފޭނުންގެ ސަޕޯޓު ހޯދަމުންނެވެ.

މިހާރު އޭނާ ތައްޔާރުވެގެން ހުރީ ބޫމީ ޕެޑްނޭކަރް އާއެކު ފިލްމު "ބަދާއީ ދޯ" ގެ މަސައްކަތަށެވެ. މިއީ މި ދެ ތަރިން އެކުގައި ފިލްމަކުން ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ. 

ފިލްމުގެ މާ ބައިވަރު ތަފްސީލެއް މިހާތަނަށް އާއްމުވެފައި ނެތް ނަމަވެސް، ރާޖްކުމާރު ފެނިގެން ދާނީ ވަރަށް ތަފާތުކޮށް ކަން ވަނީ އެނގިފަ އެވެ.

your imageރާޖްކުމާރު ޖިމުގައި--

އޭނާ ސޯޝަލް މީޑިއާގައި އާއްމު ކުރަމުންދާ ފޮޓޯތަކުން ފެންނަނީ ޖިމުގައި އަވަދިނެތި އުޅޭ މަންޒަރެވެ. އަދި މީހާގެ މުޅި ހަށިގަނޑަށް ވަނީ ބަދަލު އައިސްފަ އެވެ. 

ވަރުގަދަ މަތިމަހަކާއެކު ރާޖްކުމާރު ކަސްރަތު ކުރަމުންދާ ފޮޓޯތައް އާއްމުކޮށްފައި ވާއިރު، އޭނާ ފިޓުވެފައިވާ މިންވަރު ފެނި ބައެއް ފޭނުން ވަނީ ހައިރާންވެފަ އެވެ. 

your imageބޫމީ އަދި ރާޖްކުމާރު--

"ބަދާއީ ދޯ" ގެ ޝޫޓިން މިހާރު ވަނީ އުތުރުން އިންޑިއާގައި ފަށާފަ އެވެ. ރާޖްކުމާރު ވަނީ ބޫމީ އާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ފޭނުންނަށް ދައްކާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް