އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކުނި މެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން އިއްޔެ ވެމްކޯ ޖޫރިމަނާ ކުރީ 1.1 މިލިއަން ރުފިޔާއިން ކަމަށެވެ.
ވެމްކޯ ޖޫރިމަނާ ކުރަން ޖެހުނީ ކުންފުނީގެ އޮޕަރޭޝަންތައް ހިންގުމުގެ ތެރޭގައި ތަކުރާރުކޮށް މޫދަށް ކުނި އަޅާފައި ވާތީ ކަމަށް އީޕީއޭއިން ބުންޏެވެ.
ވެމްކޯއަކީ މާލެއަށް ދިމާވެފައިވާ ކުނީ މައްސަލަ ހައްލު ކުރުމަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އުފެދުމުގެ ކުރިން މާލޭގައި ކުނި އުފުލުމުގެ ހިދުމަތް ދިނީ ބިދޭސީންނެވެ.