ads
ގއ. ދެއްވަދޫ--
ދެއްވަދޫން އިތުރު އަށް މީހަކު ޕޮޒިޓިވްވެއްޖެ
ގއ. ދެއްވަދޫ އިން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ގއ. ދެއްވަދޫން މިދިޔަ ޑިސެމްބަރު މަހުގެ 23 ގައި ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެންދިޔައިރު އޭގެ ފަހުން އެކި ރަށްރަށް ހިމެނޭ ގޮތަށް އެ ކްލާސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 30 އަށް އަރާފަ އެވެ.

އެހެންނަމަވެސް އަށް މީހުން މިއަދު ރަށުން ޕޮޒިޓިވްވުމާއެކު ރަށުގައި ބަލިޖެހިފައިވާ ތިބި މީހުންގެ އަދަދު މިވަނީ 24 އަށް އަރާފަ އެވެ.

އެ ރަށަށް ކޮވިޑް ފެތުރުނު ގޮތް އަދިވެސް ނުހޯދޭއިރު އެރަށަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ވެސް ފޮނުވާފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ. 

ދެއްވަދޫ މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އެ ކްލާސްޓާއާ ގުޅިގެން ލ. ފޮނަދޫ އާއި އެއަތޮޅު ގަން ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި އެ ކްލާސްޓާއާ ގުޅޭ ދެ ކޭސް ހުޅުމާލެއިން ވެސް ފެނިފައިވެ އެވެ. 

އެޗްޕީއޭ އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ގެ ފަހުން އެ ރަށަށް ދިޔަ މީހުން އެ އެޖެންސީއަށް އެންގުމަށް ވެސް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް