ދާންދޫ ކައުންސިލުން މިއަދު ބުނީ ދެއްވަދޫ އަށް އެހީވާން ބޭނުންވާ ރައްޔިތުން އެރަށު ކައުންސިލަށް ގުޅައިގެން އެކަން ކޮށްދެވިދާނެ ކަމަށެވެ.
ދެއްވަދޫއަކީ މަސްވެރި ރަށެކެވެ. ނަމަވެސް އެރަށް މޮނިޓަރިންގައި އޮތުމުގެ ސަބަބުން މަހަކަށް ވެސް ނުފުރެއެވެ.
އޮޑިދޯނި ފަހަރު މަހަށް ނުނިކުންނަތާ މިހާރު ފަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް، ސީއެންއެމްއަށް ވިދާޅުވީ ދެއްވަދޫ އޮތީ މަހަށް ޖެހިފައި ކަމަށެވެ.
ދެއްވަދޫގެ އާބާދީ އަކީ ގާތްގަނޑަކަށް 1300 މީހުންނެވެ.