ads
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ
މިޔަރު ބޭނުން ހުއްދަ ކުރަން ޖެހޭ: މުސްތަފާ
މިޔަރު ބޭނުން ހުއްދަ ކުރަން ޖެހޭ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މި މަސް ތެރޭގައި ކަސްޓަމްސްއިން އަތިލައިގަނެފައި ވާއިރު، މިކަމާ ގުޅިގެން ވަނީ ބޮޑު ހިޔާލު ތަފާތުވުން އުފެދިފައެވެ.

މި މައްސަލައިގައި ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ލިޔުމެއް ޓުވީޓު ކުރައްވަމުން މުސްތަފާ ވިދާޅުވީ "މިޔަރުގެ ބަލާ ވަރަށް ބޮޑު ވެއްޖެ" ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިންގެ އާމްދަނީ މިހާ ދަށްވެފައިވާ ދަނޑިވަޅެއްގައި މިޔަރު ބޭނުން ހުއްދަ ކުރަން ޖެހޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ. 

މުސްތަފާ ވިދާޅުވީ މިޔަރު ބޭނުން ހުއްދަ ކުރުމުން، މިޔަރު އުރަހަ އަދި ކަށި މިޔަރު ތެޔޮ އެކްސްޕޯޓު ކޮށްގެން "ހަބޭހަށް" ފައިދާ ނެގޭނެ ކަމަށެވެ. އަދި މިކަމުން ރާއްޖޭގެ ކަންނެލި މަސްވެރިކަން ރަނގަޅު ކުރެވޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މި މައްސަލައިގައި މުސްތަފާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން މިޔަރާ މެދު ޒީރޯ ޓޮލެރަންސް ޕޮލިސީއެއް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުން ދުވާލެއްގެ މައްޗަށް 15،000 މިޔަރު ބޭނޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިންގަޕޫރާއި ހޮންކޮންގުން މިޔަރު އުރަހަ ގަންނަ މީހުންނަށް ނެގޯޝީއޭޓް ކުރަމުން އަންނަ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި މި ދެ ގައުމުގައި ރަނގަޅު އަގެއްގައި މިޔަރު އުރަހަ ވިއްކޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

your imageމިޔަރު ބޭނުމާއި، ވިޔަފާރި ކުރުމާ ގުޅިގެން މުސްތަފާ ކުރެއްވި ޓުވީޓެއް ---

މިކަމާ ގުޅިގެން މިރޭ މުސްތަފާ ކުރެއްވި އެންމެ ފަހު ޓުވީޓުގައި ވިދާޅުވީ، މިޔަރު އެކްސްޕޯޓު ކުރުން ބޮޑު އިންޑަސްޓްރީއަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިގައުމުން އިންތިހާއަށް މިޔަރު އުރަހަ ލިބޭނެ މަގު މާތް ﷲ މިންވަރު ކުރައްވާފައިވާ ކަމަށާއި، މި ނިއުމަތުގެ ފައިދާ ލިބިގަތުމަކީ ދީނީ ގޮތުން ވެސް އެދެވިގެންވާ ހަލާލު މަސައްކަތެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހދ. މަކުނުދޫގައި މިކަން ކުރެއްވީ މިހެންވެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން ތިމާވެއްޓަށް ގެއްލުންވަނީ މިޔަރު ނެތިގެން ނޫން ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ބްރިޖް ހެދުމުގެ މަސައްކަތާއި، ބަދަނރު ހެދުމުގެ މަސައްކަތުގެ އިތުރުން ފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން އެންވެރިކަމަށް އަސަރު ކުރާ ކަމަށާއި، މުރަކަ ފަރު ހަލާކުވާ ކަމަށް މުސްތަފާ ފާހަގަކުރެއްވިއެވެ. 

މިޔަރު ހިމާޔަތްކުރަން އުޅޭ އެންވާރަމެންޓަލިސްޓުން މި ވާހަކަ މަދުން ދައްކަނީ ކީއްވެތޯ މުސްތަފާ ސުވާލު ކުރައްވާފައިވެއެވެ. އަދި ކަމަކަށް ވަނީ ހަމައެކަނި ޔޫކޭ ޖަމިއްޔާއެއް ތެޅިގަތުމުން އެކަނިތޯ މުސްތަފާ ސުވާލު އުފެއްދެވިއެވެ.

މީގެ ކުރިން މުސްތަފާ ވަނީ މިޔަރު އުރަހަ ވިއްކުމަކީ "ހަލާލު" މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ މާތް ކަލާންގެ ވިޔަފާރި ކުރުން ހަރާން ކުރެއްވި އެއްޗެއް ނޫން ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިޔަރު އުރަހަ ވިއްކުން "ހަރާންވީ" އދ ގެ ސައިޓްސް މުއާހަދާގެ ސަބަބުން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. 

ކޮންވެސްންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީސީޒް (ސައިޓްސް) އަކީ ދުނިޔެއިން ނެތިދިއުން ކައިރިވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ސޮއިކޮށްފައިވާ މުއާހަދާއެކެވެ. 

ރާއްޖޭގައި ދިރިއުޅޭ ވެލާ ކަހަނބާއި، މިޔަރާއި އަދި އެހެނިހެން ރައްކާތެރި ކުރެވިފައިވާ ދިރޭ ތަކެއްޗަކީ ރާއްޖޭގެ ތިމާވެށީގައިވާ އީކޯ ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރަން ކޮންމެހެން ބޭނުންތެރި ތަކެއްޗެވެ.

މިޔަރު އުރަހައަކީ ސީފުޑްގެ ތެރޭގައި ހިމެނޭ އަގުބޮޑު ބާވަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް