ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރު ސަރުކާރުގެ ދަތުރުތަކަށް 141 މިލިއަން ރުފިޔާ ހޭދަކުރި
ނިމިގެން ދިޔަ އަހަރު ސަރުކާރުން އެކި ދަތުރުތަކަށް 141.3 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ
Advertisement

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރުގެ ޖެނުއަރީ އެކަކުން ޑިސެމްބަރު 31 ގެ ނިޔަލަށް ސަރުކާރުން ވަނީ ދަތުރުތަކަށް 141.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މިދިޔަ އަހަރު ދަތުރުތަކަށް ބަޖެޓުކޮށްފައިވަނީ 237.8 މިލިއަން ރުފިޔާ ކަމުގައި ވީ ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ދަތުރުތައް ނުކުރެވުމުގެ ސަބަބުން ދަތުރު ބަޖެޓުގެ ބޮޑުބައި ވަނީ ބޭނުން ނުކުރެވިފައި ކަމަށް އެ ރިޕޯޓްގައި ވެއެވެ.

މި އަހަރު ދަތުރުތަކަށް ސަރުކާރުން ވަނީ 170.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މި އަހަރުގެ ބަޖެޓަށް ބަލާއިރު ރާއްޖޭގެ އެތެރޭގައި ކަނޑުމަގުން ކުރާ ދަތުރުތަކަށް 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ރާއްޖެ ތެރޭގައި އެއްގަމު މަގުން ކުރާ ދަތުރުތަކަށް 7.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ރާއްޖޭގެ އެތެރޭގައި ވައިގެ މަގުން ކުރާ ދަތުރުތަކަށް 37.9 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. 

މީގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް 50.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބިދޭސީންނަށް ދެވޭ ދަތުރު ހަރަދުގެ ގޮތުގައި 34.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އެހެނިހެން ދަތުރު ހަރަދުގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް