ads
ކަރީނާ އަދި ސައިފް-- ފޮޓޯ:ޕިންކް ވިލާ
ޕަޕަރާޒީންނަށް ކަރީނާ ވެސް އަންގާނީ "ވިރުޝްކާ" އެންގި ކަހަލަ އެންގުމެއް؟
ހަދިޔާއަކާއެކު އިއްޔެ ވިރާޓް ކޯލީ އާއި އޭނާގެ އަނބިމީހާ، އަނުޝްކާ ޝަރްމާ ވަނީ ޕަޕަރާޒީންނަށް ނޯޓެއް ފޮނުވާފަ އެވެ. ޕަޕަރާޒީންގެ މަސައްކަތަށް ޝުކުރު އަދާކުރަމުން އެމީހުން އެދުނީ، އެމީހުންގެ އަލަތު ދަރިފުޅުގެ ފޮޓޯ އާއި ވީޑިއޯ އަދި އެ ކުއްޖާ ހިމެނޭ އެއްވެސް ކޮންޓެންޓެއް ނުގެނެސްދިނުމަށެވެ.

ތަރިންގެ ދަރިންނަކީ ސަމާލުކަން ލިބޭ ކުދިންނަށްވީ ނަމަވެސް ކުޑައިރުއްސުރެ އެހާ އުނދަގޫކުރާތީ އާއިލާތަކުން ވެސް ތިބެނީ ހިތްހަމަނުޖެހިފަ އެވެ. 

މިވަގުތު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް ކުއްޖަކަށް ސައިފް އާއި ކަރީނާގެ ދަރިފުޅު ތައިމޫރު ހުރިިއިރު އޭނާގެ އާއިލާ އިން ހީކުރީ ވިރާޓް އާއި އަނުޝްކާއަށް ދަރިއަކު ލިބުމާއެކު ތައިރޫމަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެން ފުރުސަތު ލިބޭނެ ކަމަށެވެ. އެހެެންނަމަވެސް ވިރާޓް އާއި އަނުޝްކާ، އެމީހުންގެ ދަރީގެ ފޮޓޯ އެގޮތަށް ނަގަން ފުރުސަތު ދޭން ބޭނުންނުވާކަން ހާމަކުރުމާއެކު ދެން އުފެދޭ ސުވާލަކީ ޕަޕަރާޒީން އެކަމަށް އިހުތިރާމުކުރާނެތޯ އެވެ. 

ކޮންމެއަކަސް، ކަރީނާ ވެސް ދެވަނަ ދަރިއަކަށް ބަލިވެ އިންއިރު އޭނާ ވެސް ވަރަށް އަވަހަށް ވިހާނެ އެވެ. އެކަމަކު އެ ކުއްޖާގެ ފޮޓޯ ދައްކާނެތޯ މިއީ އުފެދޭ ސުވާލެކެވެ. މިހާރު ވެސް ތައިމޫރަށް އެހާ އުނދަގޫވާތީ އެކަމުގެ ކަންބޮޑުވުން ހުރިއިރު އަނުޝްކާ އާއި ވިރާޓް ފަދައިން ސައިފް އާއި ކަރީނާ ވެސް ޕަޕަރާޒީންނަށް މިފަދަ އެންގުމެއް އެންގުން ވަރަށް ގާތެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް