ads
ބާސެލޯނާގެ ކުޅުންތެރިން
ސްޕެނިޝް ސުޕާ ކަޕުގެ ފައިނަލުގައި އެއްކޮޅުން ބާސާ
ސްޕެނިޝް ސުޕާ ކަޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ ބާސެލޯނާއިން ހޯދައިފިއެވެ. ބާސެލޯނާ ފައިނަލަށް ދިޔައީ، ޕެނަލްޓީ ޝޫޓްއައުޓްގައި ރެއާލް ސޮސިއެޑާޑް ބަލިކޮށްގެނެވެ.

ބާސެލޯނާ އާއި ސޮސިއެޑާޑް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފު ނިމުނުއިރު ވެސް އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައި ވާތީ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ސޮސިއެޑާޑުން މެޗު އެއްވަރު ކުރީ ފުރަތަމަ ހާފުގެ ފަހުކޮޅު ބާސެލޯނާއިން ލަނޑެއް ޖަހާފައި ވަނިކޮށް ދެވަނަ ހާފުގެ ތެރޭގައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބާސެލޯނާގެ ޑި ޔޮން އާއި އެންޓޮއިން ގްރިޒްމަންގެ ޕެނަލްޓީ ކާމިޔާބެއް ނުވެއެވެ. ސޮސިއެޑާޑަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. އެއާއި އެކު ތިން ލަނޑު ދެ ލަނޑުގެ ނަތީޖާއިން ބާސާ ފައިނަލަށް ދިޔައީއެވެ.

ފައިނަލުގައި ބާސެލޯނާ ނިކުންނާނީ މިރޭ ރިއާލް މެޑްރިޑާއި އެތްލެޓިކޯ ބިލްބާއޯ ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ. ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް