ads
އަލިފުތު، ގުރައިދޫ މަރުކަޒަށް ގެންދަނީ--
އެންމެ ފަހުން ދައުލަތުން އަލިފުތާ ހަވާލުވެއްޖެ
ގއ. މާމެންދޫގައި މަގުމަތިވި އުމުރުން ދުވަސްވީ އަލިފުތު ބަލައިދޭނެ މީހަކު ނުވުމުން އެންމެ ފަހުން ދައުލަތުން އޭނާއާ ހަވާލުވެއްޖެ އެވެ.

އުމުރުން 80 އަހަރުން މަތީގެ އަލިފުތު ބަލައިދޭނެ މީހަކު ހޯދުމަށް މާމެންދޫ ކައުންސިލުން ވެސް އިއުލާންކުރި އެވެ. އެހެންނަމަވެސް އޭނާ ބަލައިދޭނެ އެއްވެސް މީހަކު ނުވުމުން، މިއަދާ ހަމައަށް ވެސް އަލިފުތު ބަހައްޓާފައި ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. 

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަލިފުތު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. އެގޮތުން އޭނާ ބެލެހެއްޓުމުގެ ކަންކަން ކައުންސިލުގެ މުވައްޒަފަކާ ހަވާލުކުރެވުނުކަން ފާހަގަކުރައްވާ ވިދާޅުވީ އަލިފުތަށް ކެއުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ރަށުގެ ހެޔޮ އެދޭ ފަރާތެއް ކަމަށެވެ. 

ޒައީމް ވިދާޅުވި ގޮތުގައި އެމީހާއަށް ހުރިހާ ވަގުތެއްގައި ވެސް ކެއުން ވަނީ އެ ފަރާތުން ފޯރުކޮށްދީފަ އެވެ.

މާމެންދޫއަށް ނިސްބަތްވާ އަލިފުތުގެ އެރަށުގައި ގޯއްޗެއް އޮތް ނަމަވެސް އެތަނުގައި އަޅާފައި ހުރި ގެއަކީ އުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވެސް ޒައީމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަލިފުތު، މަގުމަތިވީ އޭނާ ބަލަހައްޓަމުން އައީ ދޮން ދަރިއަކު އޭނާ ބެލުމަށް ނުކުޅެދުމުންނެވެ. އޭރު އޭނާ ބަލަހައްޓަމުން އަައީ މިހާރު މަރުވެފައިވާ އޭނާގެ އަންހެނުންގެ ދޮން ދަރިއެކެވެ. އޭނާގެ އުމުރުން މިހާރު 65 އަަހަރުން މަތިވުމުގެ ސަބަބުން އަލިފުތު ބެލެހެއްޓުމަށް ނުކުޅެދުނުއިރު އެ ހިސާބުން ވެސް އަލިފުތުގެ ވާރިސުން ވަނީ އޭނާއާ ހަވާލުވާން ދެކޮޅު ހަދާފަ އެވެ. އަލިފުތަކީ އުފަން ދަރިއަކު ހުރި މީހެއް ނޫނަަސް އޭނާގެ ވާރިސުން އެ ރަށުގައި އެބަ ތިއްބެވެ. 

އޭގެ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ދައުލަތުން، އަލިފުތުއާ ހަވާލުވެ އޭނާ މިވަނީ ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ގެންގޮސްފަ އެވެ. 

58%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް