ads
ފަތުރުވެރިން---
މި މަހު އެވްރެޖުކޮށް ދުވާލަކު ގާތްގަނޑަކަށް 3000 ފަތުރުވެރިން އެބަ އާދޭ!
މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 3000 ފަތުރުވެރިން ރާއްޖެ އަންނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އިއްޔެ ނިޔަލަށް އެއްކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ކޮންމެ ދުވަހަކު 2،917 ފަތުރުވެރިން އެވްރެޖުކޮށް ރާއްޖެ އަންނަމުން ދެއެވެ. ނަމަވެސް ފާއިތުވި ތިން ދުވަހަށް ބަލާއިރު، ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ.

އެގޮތުން މި މަހު 11 ގައި 2،800 ފަތުރުވެރިން އައިއިރު، 12 ވަނަ ދުވަހު އައީ 2،400 ފަތުރުވެރިންނެވެ. އަދި 13 ވަނަ ދުވަހު އައިސްފައި ވަނީ 1،925 ފަތުރުވެރިންނެވެ. 

އާ އަހަރާ ދިމާކޮށް ފަތުރުވެރިން އައުން އިތުރުވެފައި ވާއިރު، އެވްރެޖުކޮށް 9.7 ދުވަސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަމުން ދެއެވެ.

މި އަހަރުގެ މިހާތަނަށް 37،926 ފަތުރުވެރިން އައިސްފައި ވާއިރު، މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 72،262 ފަތުރުވެރިންނެވެ.

އެހެންކަމުން މިއީ 47.5 އިންސައްތައިގެ ވެއްޓުމެކެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް