އެޗްޕީއޭ އިން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދެފަ އެވެ.
އަދި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓީނުގައި ތިބުމަށް އެދިފައިވެ އެވެ.
މީގެ ކުރިން ވެސް އެޗްޕީއޭ އިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެއްވަދޫއަށް ދަތުރުކުރި މީހުން ކަރަންޓީނުވުމަށް އަންގާފަ އެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ފަހުން އެރަށަށް ދިޔަ މީހުން ހޯދަން ވެސް އެޗްޕީއޭ އިން އާންމުކުރި އެވެ.
އެ ކްލާސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 30 އިން މައްޗަށް އަރާފަ އެވެ.