ads
މިރޭގެ ޖަލްސާގެ ތެރެއިން
އިދިކޮޅުގެ ޖަލްސާއެއް މިރޭ ވެލިދޫގައި
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނ. ވެލިދޫގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

"އެއްވާނެއްގައި ރައީސް ޔާމީނާއި އެކު" ނަމުގައި ވެލިދޫގައި އެ ޖަލްސާ ބާއްވަނީ މިރޭ 20:45 ގައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި ބާއްވަމުންދާ ޖަލްސާތައް އިދިކޮޅުން ބާއްވަމުން ދަނީ ވާޗުއަލްކޮށެވެ. އެގޮތުން މިރޭގެ ޖަލްސާ ވެސް ބާއްވާނީ ޕީޕީއެމް އޮފީހުން ވާޗުއަލްކޮށް ވެލިދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވާ ގޮތަށެވެ. 

މަނީ ލޯންޑްރިންގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެ ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގެންދަނީ ކޮންމެ ދުވަހަކުހެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޖަލްސާތައް ބާއްވަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ "އެހޭ ހޮށް، މިވަރުން ފުދިއްޖެ" ނަމުގައި ހއ. ކުޅުދުއްފުށީގައި އިދިކޮޅުގެ ޖަލްސާއެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު އިދިކޮންޅު ވަނީ "ޗަކުރޭ އަނިޔާ ހުއްޓޭލޭ" ގެ ނަމުގައި ޅ. ނައިފަރުގައި ވެސް ޖަލްސާ ބާއްވާފަ އެވެ. އޭގެ އިތުރުން އެންމެ ފަހުން އިދިކޮޅުން މިގޮތަށް ޖަލްސާއެއް ބާއްވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު "މުޅިފޯ، މުޅިފޯ، ހޭވާ މުޅިފޯ" ގެ ނަމުގައި ހއ. ކެލާގައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް