ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3314 ސާމްޕަލެއް ނަގާފައިވާއިރު ޕޮޒިޓިވްވީ 48 މީހުން ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 19 މީހުން ޕޮޒިޓިވްވެފައިވާއިރު، މަލެއިން ބޭރުން ފެނުނު ކޭސްތަކުގެ އަދަދު އުޅެނީ 29 ގައެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވި 15 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 14،325 އަށް އަރާފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 13،463 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 806 ގަ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 58 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަލީގައި މަރުވީ 49 މީހެކެވެ.