 
                                                                                                
                    ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރާ ގޮތުގައި ވަރުންގެ ކައިވެނި އޮތީ މިމަހުގެ 24 ވަނަ ދުވަހު އިންޑިއާގެ ކުޑަ ސިޓީ އަލީބައުގްގައެވެ.
ވަރުންގެ ކައިވެނީގެ ވާހަކަ މިހާ ގަދަކޮށް ދެކެވޭ އިރު ކައިވެނީގެ ހަފްލާއަށް ވައްދާނީ 40-50 ވަރަކަށް ގެސްޓުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހަފްލާއަށް ދައުވަތު ދިން މީހުންގެ ތެރޭގައި ހިމެނެނީ އާއިލާ މީހުންނާ އެންމެ ގާތް އެކުވެރިންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ވަރުން ވަނީ އަލީބައުގްގެ ބޮޑު ރިސޯޓެއް ޖެނުއަރީ 22 އިން ފެށިގެން ޖެނުއަރީ 25 އާ ހަމަޔަށް ބުކްކޮށްފަ އެވެ.
ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވަރުން އަދި ނަތާޝާގެ ކައިވެންޏަކީ ބޮލީވުޑްގެ މިއަހަރުގެ ބޮޑު ކައިވެނި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.