އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ޕާފޯމް ކުރުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އެއް ވަގުތެއްގެ އެތައް މިލިއަން މީހުން އެ ރަސްމިއްޔާތު ބަލާނެ އިރު، އެ ރަސްމިއްޔާތުގެ މުޅި ގައުމު ފަހުރުވެވާ ވަރު ކުރެވޭ ހުށަހެޅޭތޯ އެންމެ މިއުޒިކީ ދާއިރާގެ އެންމެ އިސް ސަފުގައި އުޅޭ ތަރީން ވެސް ބަލައެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ބައިޑެން މިފަހަރު މިޝަރަފް ދެއްވާފައިވަނީ މިއުޒިކީ ދާއިރާގެ އެންމެ އުހުގަ ފިޔަޖަހަމުން އަންނަ ލޭޑީ ގާގާ އާ ޖެނިފާ ލޯޕޭޒް އަށެވެ.
މިހަބަރާ އެކު ލޭޑީ ގާގާ އާ ޖެނިފާ ލޯޕޭޒްގެ ޕާފޯމެންސް އަށް ކެތްމަދުފައި ތިބި މީހުންނަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ބައިޑެންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.