ads
ގއ. ދެއްވަދޫ--
މޮނިޓަރިންގައި އޮތް ރަށްތަކަށް އެހީވަނީ
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ނާޒުކު ހާލަތްތަކުގައި އުޅޭ މީހުންނަށް ކެއާ ޕެކޭޖް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ގއ. އަދި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ހާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުަޅައި ކެއާ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ނާޒުކު ހާލަތުގައި އުޅޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު މިވަގުތު މޮނިޓަރިންގައި އޮތީ ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދޫ އާއި ވިލިނގިއްޔެވެ. އަދި ލ. ފޮނަދޫ އާއި ވިލިނގިލި ވެސް އޮތީ މޮނިޓަރިންގަ އެވެ.

މީގެ ކުރިން ވަނީ މާލޭ ލޮކްޑައުން ކުރެވުނު ވަގުތު ވެސް ހާލުގައި ޖެހުނު އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސި އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް