ads
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ---
މޭޔަރު ކަމަށް މުއިއްޒުއާ ވާދަކުރެވޭނެ މީހަކު އަތް ފުނާއެޅިޔަސް ނުފެންނާނެ: އަދުރޭ
މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ވާދަ ކުރެެއްވޭނެ ދެވަަނަ ބޭފުޅަކު އަތްފުނާ އަޅައިގެން ހޯއްދެވިޔަސް ނުފެންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭ ސިޓީއަށް ގެނެސްދީފައިވާ ބައެއް ތަރައްގީ ފެންނަ ފޮޓޯއެއް ހިއްސާކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެއަށް ކޮށްދެއްވި ހިދުމަތްތަކަށް އެކަނި ބެލިޔަސް މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތް ފުނާ އަޅައިގެން ހޯދިކަމުގައި ވިޔަސް ނުފެންނާނެ ކަަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު ކުރިމަތިލުމަށް ނިންމާފައިވާއިރު، މުއިއްޒުއާ ދެކޮޅަށް ބަޔަކު އެންޓި ކެމްޕެއިން ކުރާ ކަމަށް އިދިކޮޅުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. 

ބޮޑު ހިޔާނާތާ ގުޅުންހުރި މައްސަލައެއް މުއިއްޒުގެ މަށްޗައް އިތްކަމަށް ބުނެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެއީ ބޮޑު ހިޔާނާތާ ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު ބަލިވަންދެން ބަހައްޓައިދިނުމަކީ ވަރަށް އުންމީދު ކުރައްވާ ކަމެއް ކަމަށާއި ހައެއްކަ ވޯޓުދީ މާލެއިން ބަލިކޮށްލުމަށް އުއްމީދު ކުރައްވާ ކަމަށް ނަޝިދު ވިދާޅުވެފައިވެ އެވެ. 

އެވާހަކަތަކާއި ގުޅިގެންވެސް އަބްދުއްރަހީމް ވަނީ މުއިއްޒު ވަރަށް ބޮޑަށް ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ޕީޕީއެމްގެ ނައިބް ރައީސް މުއިއްޒު، ބަލި ނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ބިރު ދެއްކި ނަމަވެސް މުއިއްޒު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި މިއީ މުއިއްޒުގެ ފަހަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމްގެ އިތުރުން ވެސް މިއަދު ވަނީ އިދިކޮޅުގެ ގިނަ ބަޔަކު މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް