"ސަރުކާރުން ދޫކުރި ދެ ބޮންޑްގެ އަގު 340 މިލިއަނަށް ޑޮލަރަށް އަރާނެ"
14 ނޮވެންބަރ 2019 - 13:02:39
ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ދޫކޮށްފައިވާ ދެ ބޮންޑުގެ ޖުމްލަ އަގު 340 މިލިއަން ޑޮލަރަށް އަރާނެ ކަަމަށް އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ދޫކޮށްފައިވާ ދެ ބޮންޑުގެ ޖުމްލަ އަގު 340 މިލިއަން ޑޮލަރަށް އަރާ ކަަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ޒިޔަތު ވިދާޅުވީ، ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 19 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ސަރުކާރުން ދޫކޮށްފައިވާ ދެ ބޮންޑުގެ ފައިސާވެސް އަނބުރާ ދައްކަން ޖެހޭ ކަމަށެވެ.
ޒިޔަތު ވިދާޅުވީ ދައުލަތުގެ ތެރެއިން ފެނިގެންދަނީ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ހަރަދު ބޮޑުވާ މަންޒަރު ކަމަށެވެ. އެހެންކަމުން ހަރަދު ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު މިއަހަރު ނިމޭއިރު ދައުލަތުން ދޭ ގެރެންޓީއާ އެކު ދައުލަތުގެ ހަގީގީ ދަރަނީގެ އަދަދު 71.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.
މިއަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ޕްރޮގްރާމުތައް ގިނަކަން ފާހަގަކުރައްވާ ޒިޔަތު ވިދާޅުވީ މަޝްރޫއުތައް ހިންގުމަށްޓަކައި ޕްރޮކިއުމަންޓް އުސޫލު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ނިންމާފައިވާ 5 ބިލިއަން ރުފިޔާގެ ތެރެއިން 4 ބިލިއަން ރުފިޔާ އިންޑިއާއިން ހޯދަން ނިންމާފައިވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް އޮޑިޓާ ޖެނަރަލް ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ އެހީގެ ގޮތުގައި ހޯދާ ފައިސާގެ ބޮޑުބައެއް އިންޑިއާއިން ހޯދަން ބަޖެޓުގައި ހިމަނާފައިވާއިރު އެއްވެސް ސަބަބަކާ ހުރެ އެ ފައިސާ އިންޑިއާއިން ނުލިބިއްޖެނަމަ ދައުލަތުގެ ދަރަނި އަނެއްކާވެސް ބޮޑުވެގެންދާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37.5 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުން 35.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ. އެހެނެކްމުން އަންނަ އަހަރުގެ ބަޖެޓް ދަރަނި 5.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ނިންމާފައިވާއިރު 563 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށްވެސް ވަނީ ނިންމާފަ އެވެ. އަދި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ބައެއް ކަހަލަ ޓެކްސްތައް ތައާރަފްކޮށް، ބައެއް ޓެކްސްތައް އިތުރުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް