ads
އައިސްކްރީމް--
ޗައިނާއިން ތިން އައިސްކްރީމް ކޮވިޑަށް ޕޮޒިޓިވް!
ޗައިނާ އިން ކޮވިޑް-19 އަށް ޓެސްޓްކުރި ތިން އައިސްކްރީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑަށް ޓެސްޓްކުރީ ވެސް ތިން އައިސްކްރީމެކެވެ. އަދި ތިން އައިސްކްރީމްގައި ވެސް ކޮވިޑް-19 ގެ ވައިރަސް ހުރިކަމަށް ދައްކާފައިވާއިރު އެ ބެޗްގެ އައިސްކްރީމް ބޭނުންކުރި މީހުންނާއި އެމީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. 

ޗައިނާގެ އުތުރުގައިވާ ތިއަންޖިން މުނިސިޕަލިޓީން އެ މަސައްކަތް ކުރަމުން އަންނައިރު މި އައިސްކްރީމް އުފައްދާފައި ވަނީ ތިއަންޖިންގެ ފުޑް ކޮމްޕެނީއަކުންނެވެ.

ތިން އައިސްކްރީމުން ނެގުނު ސާމްޕަލް ޕޮޒިޓިވްވުމާއެކު އެ ކުންފުނީގެ ފަރާތުން އުފައްދާ ސާމާނު އުފެއްދުން މިހާރު ވަނީ ހުއްޓުވާފަ އެވެ.

މިހާތަނަށް އެކަމާއި ގުޅިގެން ކުރެވުނު ތަހުގީގުން އެނގޭ ގޮތުގައި އެ ސާމާނު އުފައްދާފައި ވަނީ ނިއުޒިލޭންޑާއި ޔޫކްރޭނުން އެތެރެކުރެވުނު ސާމާނުގަ އެވެ.

ސްކައި ނިއުސްއަށް ޔުނިވާސިޓީ އޮފް ލީޑްސްގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ޑރ. ސްޓެފެން ޖްރިފިން ވިދާޅުވީ ކާބޯތަކެއްޗަށް ވައިރަސް އަރާފައި ވަނީ އިންސާނުންގެ ގައިން ކަމަށް ބުރަވެވޭ ކަމަށެވެ. 

މިއާއެކު ކުންފުނީގެ 1662 މުވައްޒަފަކު ކަރަންޓީނުކުރެވިފައިވާއިރު އެ އުފެއްދި އައިސްކްރީމް ވެސް ބާޒާރުގައި ވިއްކުން ވަނީ މެދުކަނޑާލާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް