ads
ދެއްވަދޫ ބަނދަރު މަތި: -
އިތުރު 11 މީހަކު ދެއްވަދޫން ޕޮޒިޓިވްވެއްޖެ
ގއ. ދެއްވަދޫން ކޮވިޑް-19 އަށް އިތުރު 11 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް ސީއެންއެމްއަށް ވިދާޅުވީ އިއްޔެ 11 މީހަކު ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރާފައިވާ ކަމަށެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 55 ގައި އުޅޭއިރު އޭގެ ތެރެއިން ދެ މީހުންނަކީ ފުރަބަންދު ކަރަންޓީނުގައި ތިބުމަށް ފަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. 

އަދި ރަށުގެ ކޮންޓެކްޓުންގެ ގޮތުގައި މިހާނަތަށް 53 މީހަކު ފާހަގަކުރެވިފައިވާ އިރު ރޭ ވެސް ވަނީ ރަށުގައި ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ތައުފީގް ވިދާޅުވީ 60 ސާމްޕަލެއް ރޭގެ ވަގުތެއްގައި ވެސް ރަށުން ނެގުނު ކަމަށެވެ. 

ރަށުގެ އާންމު ހާލަތު ރަނގަޅުކަން ފާހަގަކުރައްވަމުން ތައުފީގް ވިދާޅުވީ ދެއްވަދޫން އިތުރު ކްލާސްޓާއެއް ނުފެންނަ ކަމަށެވެ. 

ދެއްވަދޫން މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެންގޮސްފައިވާ އިރު އެރަށުން ބަލި ފެނުނު ގޮތް މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް