ads
ބ.އަތޮޅު ރިސޯޓަކަށް ރައީސް ނަޝީދު ފުރާވަޑައިގަންނަވަނީ
ޗުއްޓީއަށްފަހު ރައީސް ނަޝީދު ކަރަންޓީނަށް ރިސޯޓަކަށް!
އިގިރޭސިވިލާތުގައި އެއްމަސްދުވަހުގެ ޗުއްޓީއެއް ހޭދަކުރެއްވުމަށްފަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގެންފި އެވެ.

އިގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓާއި ގުޅިގެން އެޗްޕީއޭގެ ގަވާއިދު ބުނާގޮތުން އެތަނުން ރާއްޖެ އަންނަ ހުރިހާ  ފަރާތްތައް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭތީ މިއަދު ރާއްޖެ ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު މިހާރު ވަނީ ކަރަންޓީން ވުމަށްޓަކައި ބ. އަތޮޅު ރިސޯޓަކަށް ވަޑައިގެންފައެެވެ. 

ރައީސް ނަޝީދު އިގިރޭސިވިލާތައް ފުރާ ވަޑައިގަތީ މިދިޔަ އަހަރުގެ ތިންވަނަ ދައުރު ނިމި ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށެވެ. މިއަހަރުގެ މަޖިލިސް އަލުން ހުޅުވުމަށް ނިންމާފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ލޯކަލް ކައުލްސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުން މިމަހުގެ 13 ވަނަ ދުވަހު ވަނީ ޖަލްސާއެއް ބާއްވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. 

އެ ޖަލްސާ ބާއްވާފައިވަނީ ދިވެހިރާއްޖޭގެ އާއްމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއިއެކު އިލެކްޝަން ކޮމިޝަނުން 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުން ލަސްވަމުންދާތީ އިތުރަށް އިންތިހާބު ލަސްވިޔަނުދިނުމަށް ގާނޫނު ބަލާ ގާނޫނަށް ރިއާޔަތްކޮށް އެކަމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލައި އިތުރަށް ގާނޫނަށް ގެނަންޖެހޭ ބަދަލުތައް ގެނެއުމަށެވެ. އަދި އެ ބިލްގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ހާއްސަ ޖަލްސާތައް ބާއްވަމުން ގެންދަވާނެ ކަމަށް މަޖިލީހުން ވަނީ އަންގާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެރޭ މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާއިރު އެ ބިލުގެ އިބްތިދާއީ ބަހުސް އޮންނާނީ މިމަހު 17 ވަނަ ދުވަހު އެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް