ads
ފޮޓޯ: ލެޓްސް ގޯ މޯލްޑިވްސް
އިންޑިއާ ކަނޑުގެ ފަހުރުވެރި އެވޯޑެއް ލެޓްސް ގޯ މޯލްޑިވްސްއަށް
ސެވަން ސްޓާ ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފް ސްޓައިލްއިން ދޭ އެވޯޑެއް ކަމަށްވާ އިންޑިޔާ ކަނޑުގެ ސެވަން ސްޓާ ލަގްޒަރީ އިންބައުންޑް އޮޕަރޭޓާގެ އެވޯޑް މިފަހަރު ވެސް ލެޓްސް ގޯ މޯލްޑިވްސްއިން ހޯދައިފިއެވެ.

ސެވަން ސްޓާ ލަގްޒަރީ ހޮސްޕިޓާލިޓީ އެންޑް ލައިފް ސްޓައިލް އަކީ 2013 ވަނަ އަހަރު އުފެއްދި ބަޔެކެވެ. އެތަނުން ވަނީ އިންޑިޔާ ކަނޑުގައި ހޮސްޕިޓާލިޓީ އަދި ލައިފް ސްޓައިލްގެ ހިދުމަތް ދޭ އެންމެ ރަނގަޅު ތަންތަނަށް ގިނަ އެވޯޑްތަކެއް ދީފައެވެ.

އެގޮތުން އިންޑިޔާ ކަނޑުގެ ސެވަން ސްޓާ ލަގްޒަރީ އިންބައުންޑް އޮޕަރޭޓާގެ އެވޯޑް ލެޓްސް ގޯ މޯލްޑިވްސްއިން ވަނީ މިހާރު ޖެހި ޖެހިގެން ހަތަރު އަހަރު ވަންދެން ހޯދާފައެވެ.

your imageފޮޓޯ: ލެޓްސް ގޯ މޯލްޑިވްސް

އެންމެ ފުރަތަމަ ލެޓްސް ގޯ މޯލްޑިވްސްއިން އެ އެވޯޑް ހޯދައިފައިވަނީ 2017 ވަނަ އަހަރުގައެވެ.

ލެޓްސް ގޯ މޯލްޑިވްސްއަކީ ރާއްޖެ ތެރެއަށް އަދި ރިސޯޓްތަކަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް