
މިއަދު އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫން މިނިސްޓަރު ވިދާޅުވީ ރައީސް ސޯހިލްގެ ސަރުކާރުން ކުޅިވަރު ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދަކީ މުހިންމު ބޮޅެށް އިތުރު ވެގެން ދިޔަ ދުވަހެއް ކަމަށާއި އަދި އެކުވެނި ޓެރެކްގެ މަޝްރޫއަކީ އެތްލެޓިކް އާއިލާއައް ވަރަށް ބޮޑު ކުރިއެރުމެށް ގެނެސްދޭނެ ކަމެށް ކަމަށެވެ.
އަދި އޮލިންޕިކްސްސައިޒްގެ ސުއިމިންޕޫލުގެ ކުރެހުން ރައީސްއައް މި ހަފްތާ ހުށަހަޅަން ތައްޔާރުވެފައިވާކަމަށާއި އަދި ރާއްޖޭގައި ފުރަތަމަ އެލޭ ނެޓްބޯލް ކޯޓުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށާއި ވަކިން ހާއްސަކޮށް އާމުންނަށް ޓެނިސް ކޯޓް އެޅުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ނިންމާފައިކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
ޔޫތް މިނިސްޓަރު ކަމުން ވަކިވެގެން ދާއިރުގައި މިނިސްޓަރު ކޮއްފައިވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކޮއްލެވޭ މަސައްކަތަކަށް އެކުވެނި ސިންތަޓިކް ޓްރެކް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޕޮޓޯ--ޔޫތް މިނިސްޓަރީ
މިއަދު މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. އަދި ތޮއްޖެހިފައި އޮތް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުމަކީވެސް އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ފެންވަރަށް މާލޭގެ ދުވާ ޓްރެކް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައި ވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.