ads
ވެލެންސިއާ ކުޅުންތެރިން
ވެލެންސިއާ ބަލިވެ މާޒިޔާއަށް ހިތްހަމަ ޖެހުން
ދިވެހި ލީގުގައި ހޮނިހިރު ދުވަހު ހަވީރު ވެލެންސިޔާ ބަލިވެ، ކުޅިބަލަން ތިބި މާޒިޔާއަށް އެކަމުން ހިތްހަމަ ޖެހުން ލިބިއްޖެއެވެ. ވެލެންސިއާ ހޮނިހިރު ދުވަހު ބަލިވީ ދަ ގްރާންޑޭ އަތުން ދެ ލަނޑު އެއް ލަނޑުންނެވެ.

މިއީ މިފަހަރުގެ ލީގުގައި ވެލެންސިޔާގެ ފުރަތަމަ ބައްޔެވެ. އަދި ވެލެންސިޔާއަށް މިއަދުގެ ބައްޔާއެކު، އެއްވަނައިގަ އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރަން ލިބުނު ފުރުސަތު ގެއްލުނީއެވެ. ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށްވެސް ދެން ބާކީ އެއް މެޗު އޮތް އިރު، އެ މެޗާ ކުރިމަތިލާއިރު ވެލެންސިޔާއަށް އެއްވަނައިގަ އޮތް މާޒިޔާއާ މިއަދުގެ މެޗުން މޮޅުވި ނަމަ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރެވުނީހެވެ. އެހެންނަމަވެސް މި މެޗު ގެއްލުމުން ފުރަތަމަ ބުރުގެ ފަހު މެޗާ ކުރިމަތިލާނީ މާޒިޔާ ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. 

ލީިގުގެ އެއްވަނައިގަ މާޒިޔާ އޮތީ ހަ މެޗުން ސާދަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގަ އޮތް ވެލެންސިޔާއަށް ހަ މެޗުން އެގާރަ ޕޮއިންޓް ހޯދައިގެންނެވެ. 

މިއަދުގެ މެޗުގައި ދަ ގްރާންޑޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދު އަދި ބިދޭސީ ކުޅުންތެރިޔާއެވެ. ބިދޭސީ ކުޅުންތެރިޔާގެ ލަނޑު އައީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައެވެ. ވެލެންސިޔާގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް