އުމުރުން އެންމެ 21 އަހަރުގައި ކުޅުނު ޖޭމްސް ކެމަރޫންގެ ފިލްމް ޓައިޓޭނިކްގެ ކާމިޔާބީ އަށް ފަހު ކޭޓް މުޅި ދުނިޔެއަށް މަޝްހޫރުވިއެވެ.
އިނގިރޭސި ޕޮޑް ކާސްޓެއް ކަމަށްވާ "ނައު ޑަބްލިއުޓީއެފް" އަށް ދިން އިންޓަވިއުއެއްގައި ކޭޓް ބުނީ ޓައިޓޭނިކް އިން އޭނާ އަށް ލިބުނު ކާމިޔާބީ އާ އެކު އިނގިރޭސި މީޑިއާ އިން އޭނާއާ މެދު ކަންތައް ކުރީ ވަރަށް ގޯސްކޮށް ކަމަށެވެ.
ޓައިޓޭނިކް އަށް ފަހު އޭނާގެ މުޅި ދިރިއުޅުން ބަދަލުވި ކަމަށް ކޭޓް ބުންޏެވެ.
1997 ވަނަ އަހަރު ރިލީސް ކުރި ޓައިޓޭނި އިން ކޭޓް އާ އެކު ފެނިގެން ދިޔައީ ލިއަނާޑޯ ޑިކާޕްރިއޯ އެވެ.