އެ ބިރާ ހެދި ފުލުހުންނާއި ސްޓޭޓްތަކުގެ އޮފިޝަލުން މިހާރު ތިބީ އެލާޓްގަ އެވެ. އޭގެ ސަބަބުން ބައެއް ސްޓޭޓްތަކުގެ ކެޕިޓޮލް އިމާރާތްތައް ވަނީ ބަންދުކޮށްފަ އެވެ.
އެފްބީއައި އިން ބުނެފައި ވަނީ ހަތިޔާރާއެކު މީހުން އެއްވާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމެރިކާގެ 50 ސްޓޭޓުގައި ވެސް މި އެއްވުންތައް އޮންނާނެ ކަމަށް ވެއެވެ.
މި އެއްވުންތައް މިއަދުން ފެށިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އެފްބީއައި އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ބައިޑެން ހުވާކުރައްވާނީ ޖެނުއަރީ 20 ވާ ބުދަ ދުވަހު އެވެ.
ހަމަނުޖެހުމުގެ ބިރު ބޮޑުވެފައި މި ވަނީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް މަޖިލިސް ހިންގާ ވޮޝިންޓަނުގެ ކެޕިޓޮލް އިމާރާތަށް ވަދެގަނެފައި ވަނިކޮށެވެ.