ads
ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ--
ފިރިމީހާގެ އެކްސް ގުޅާ ވަރުން ނެހާ ރުޅިގަދަވެއްޖެ
ނެހާ ކައްކަރަކީ ބޮލީވުޑުގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާ ކަމާ މެދު ސުވާލެއް ނެތެވެ. އޭނާގެ އަޑުން ލަވައެއް ނެތް ފިލްމެއް މިފަހުން މަދެވެ. އޭނާގެ ގިނަ ލަވަތަކަކީ ހަމަ ހިޓް ލަވަތަކެކެވެ.
Advertisement

ކޮންމެއަކަސް ތަފާތު އެކި ކަންކަމާއި ދިމާކޮށް ނެހާ ލަވަތައް ހަދާފައި އެބަ ހުއްޓެވެ. ކުރިން އޭނާ އެކްޓަރު ހިމާންޝް ކޯލީއާ ރައްޓެހިވެގެން އުޅުނުއިރު ދެމީހުންވި ލޯތްބަށް ވެސް ނިކަން ރީތި ލަވައެއް ކިޔައި ދޫކޮށްލި އެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ އާއި ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގް ކައިވެނިކޮށްފައި ވާއިރު އޭގެ ފަހުން ދެމީހުންގެ ލޯތްބަށް ވެސް ލަވައެއް ތައްޔާރުކޮށް ދޫކޮށްލި އެވެ. އަނެއްކާ މީގެ ދެ މަހެއްހާ ކުރިން "އެކްސް ކޯލިންގް" ގެ ނަމުގައި ރޯހަން ލަވައެއް ތައްޔާރުކުރި އެވެ. 

އެ ލަވައާ ގުޅިގެން ނެހާ މީގެ ދުވަސްތަކެއް ކުރިން ވަނީ އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ގުޅާތީ ތައްޔާރުކުރި ލަވައެއް ކަމަށް ބުނެފަ އެވެ. ކޮންމެއަކަސް އަދިވެސް ގުޅުން ހުއްޓާނުލާހެން ހީވެ އެވެ. 

އިންސްޓަގްރާމު މެދުވެރިކޮށް ނެހާ މިއަދު ވަނީ "މީ ޓު ހިޒް އެކްސް" އަށް ކަމަށް ޖަހައި، ވީޑިއޯކޮޅެއް ދޫކޮށްލާފަ އެެވެ. ނެހާ އާއި ރޯހަން ތަނެއްގައި އިށީންދެގެން އިނދެ ލަވަކިޔަމުން ދިޔައިރު ނެހާ ވަނީ އެކްސް ގުޅުމާއި މެދު ހިތްހަމަނުޖެހޭކަން މޫނުމަތީގެ ކުލަވަރުން ދައްކާލާފަ އެވެ. އަދި ނެހާ މާރުޅިގަދަވުމާއެކު ރޯހަން އޭނާ ހިފަހައްޓާ މަންޒަރު ފެނެ އެވެ.

ކޮންމެއަކަސް ދެ ތަރިން މަޖަލަކަށް ހަދައި މި ދޫކޮށްލި ވީޑިއޯއިން ބެލެވެނީ ނެހާ ކުރިން ބުނި ގޮތަށް އަދިވެސް ރޯހަންގެ ކުރީގެ ލޯބިވެރިޔާ ގުޅާ ހަދަނީ ހެންނެވެ.

22%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް