ads
ޗައިނާ ސަފީރް އަދި ފޮރިން މިނިސްޓަރު
"2021 ވަނަ އަހަރު ވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ވާނޭ ކަމަށް އުންމީދު ކުރަން"
މި އަހަރު ވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ.

ސަފީރު ވިދާޅުވެފައިވަނީ ދެ ގައުމުން ޝައުގުވެރިވާ ކަންތައްތަކާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް ބައްދަލުކުރެވުމުން އުފާވާ ކަމަށާއި މި އަހަރުވެސް ދެ ގައުމު ގުޅިގެން ދެ ގައުމަށް ވެސް ފައިދާވާނެ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޗައިނާގެ ސަފީރާ ބައްދަލުކުރެއްވުމަށް ފަހު ފޮރިން މިނިސްޓަރު ޝާދިހް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި ތަރައްގީކުރުމުގެ މަޝްވަރާގެ ވާހަކަ ސަފީރާ އެއްކޮށް ދެއްކެވުނު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ ވާހަކަތައް ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

your imageޗައިނާ ސަފީރް އަދި ފޮރިން މިނިސްޓަރުގެ ބައްދަލުކުރެއްވުން

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާއިން ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބޮޑު މަސައްކަތަކީ ސިނަމާލެ ބްރިޖެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް