ads
ފޮޓޯ: އޭސީސީ
ހިޔާ ފްލެޓާ ގުޅިގެން ހުށަހެޅި ޝަކުވާ ނުބަލަން ނިންމައިފި
ހިޔާ ފްލެޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އިތުރަށް ތަހުގީގު ނުކުރުމަށް ނިންމައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އޭސީސީއަށް މައްސަލަ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. 

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް އެކި އަމިއްލަ ފަރާތްތަކުން ފޮނުވި ސިޓީގައި ބުނީ ލިބުނު ފްލެޓު ގެއްލިފައިވަނީ މައިގަނޑު ގޮތެއްގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ލިބުނު ޕޮއިންޓް މަދުވުމުގެ ސަބަބުން ކަމަށާއި އެކަމާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާއްމުނުކުރާ ކަމަށެވެ. 

އެ މައްސަލަ އޭސީސީން ބަލާފައިވާއިރު އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައިގަނޑު ގޮތެއްގައި މައްސަލަ ހުށަހެޅީ އެޗް7 ކެޓަގަރީ ފިޔަވައި ހުރިހާ ކެޓަގަރީއަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލިއިރު ދިރިއުޅުމުގެ ހާލަތު ބަޔަކަށް ޕޮައިންޓް ދިން ގޮތް ނޭނގޭތީ ޝަކުވާ ހުށަހެޅިފައި ނުވާ ކަމަށް ބުނެ ކަމަށެވެ. އަދި އޭސީސީން ބެލި ބެލުމުން އެކަން ފާހަގަކުރެވިފައި ވާތީ ރައީސް އޮފީހުގެ ފްލެޓް ކޮމިޓީއަށް ވާނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ރިކޮމެންޑްކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެ ރިކޮމެންޑޭޝަނަށް ފަހު އިތުރަށް މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިން ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 434 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. 

މިދިޔަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާން ކުރެވޭނެތޯ ބެލުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުންދިޔަ އެވެ. އެހެންނަމަވެސް އެ ލިސްޓު މިހާރު މިމަހުގެ ތެރޭގައި އާންމުކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. 

ދިރިއުޅުމުގެ ހާލަތުގެ ބައިން ބަޔަކަށް ޕޮއިންޓް ދިން ގޮތާއި މެދު ސޯޝަލް މީޑިއާގައި ދެބަސްވުން ބޮޑުވެ، ޕޮއިންޓް ދިން ގޮތުގެ އުސޫލު އާންމުކުރަން ޖެހުނުއިރު ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވާލާފައި ވަނީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަންނީ ލަފަޔާއެކު ކަމަށް ފްލެޓް ކޮމިޓީން ބުނެއެވެ.

އެ ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސް އެޅޭނެ މައުލޫމާތެއް ކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް