ސެމްސަންގް ކުންފުނީގެ ވެރިޔާ ލީ ޖޭ ޔަންގް-- ފޮޓޯ: ގެޓީ އިމޭޖަޒް
ރިޝްވަތު ދިނުމުން ސެމްސަންގްގެ ވެރިޔާ ޖަލަށް ލައިފި
Share
ސެމްސަންގް ކުންފުނީގެ ވެރިޔާ ލީ ޖޭ ޔަންގް ރިޝްވަތުގެ މައްސަލައެއްގައި ދެ އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ދެކުނު ކޮރެއާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
Advertisement

މިއީ ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހައި ހިމެނޭ ރިޝްވަތުގެ މައްސަލައެއް ކޯޓުގައި ދެވަނަ ފަހަރަށް ޝަރީއަތް ކުރުމަށް ފަހު އިއްވި ހުކުމެކެވެ.

ސެމްސަންގް ކުންފުނީގެ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ހުންނަނީ ލީ އެވެ. މި ހުކުމުގެ ސަބަބުން ކުންފުނީގައި އޭނާގެ ދައުރު ކުޑަވާނެ ކަމަށް ބެލެވެ އެވެ.

އޭނާ ކުންފުނި ހިންގުމާ ހަވާލުވީ އޭނާގެ ބައްޕަ ލީ ކުން ހީއަށް ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓު ކުރުމުންނެވެ. އޭނާ މަރުވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ކުންފުނީގެ ޗެއާމަންގެ މަގާމަށް މިހާތަނަށް ރަސްމީކޮށް އެއްވެސް މީހަކު ހަމަޖައްސާފައި ނުވި ނަމަވެސް، އެ މަސައްކަތް ކުރަމުން ދަނީ ލީ އެވެ. 

ލީ އެންމެ ފުރަތަމަ ޖަލަށް ލާފައިވަނީ ކުރީގެ ރައީސް ޕާކްގެ ގާތް ފަރާތަކަށް ރިޝްވަތު ދިން މައްސަލައެއްގައި 2017 ވަނަ އަހަރު އެވެ. 

ނަމަވެސް އެ ފަހަރު އުގޫބާގް ކުޑަކޮށް، ފަހުން އިސްތިއުނާފު ކުރުމުން ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލި އެވެ. އަދި އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އެންގި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް