ads
ހިތްތަން މައިޒާން ގެ އުނދޯލިގެ ސަރަހައްދު--
ރައީސް ޔާމީން ތަރައްގީ ކުރި މައިޒާންތައް ނުބަލަހައްޓާތީ މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި
ރައީސް ޔާމީން ތަރައްގީކުރި މައިޒާންތަކާއި ޕާކުތައް ފުރުހަމައަށް މިހާރުގެ ސަރުކާރުން ބަލަހައްޓަމުން ނުދާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީން ވެރިކަމުގައި ތަރައްގީކުރި ހިތްތަން މައިޒާންގެ ފޮޓޯއަކާއިއެކު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިތްތަން މައިޒާންގެ އުނދޯލިގޭގެ ފަންތައް ވީރާނާވެގެން ފައިބާފައިވާ ކަމަށެެވެ. އެހެންނަމަވެސް އެތަން ފެންނަ ލޮލެއް، ސިޓީ ކައުންސިލްގައި ނޫނީ ސަރުކާރުގައި ހުރިހެން ހީނުވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވަނީ، މާލެ ތެރޭގައި ހަދާފައިވާ ޕާކުތަކާއި މައިޒާންތައް ބެލެެހެއްޓުމަށް ކުރީ ސަރުކާރުން ދިން ސަމާލުކަން އަނބުރާ އިއާދަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހިތްގައިމު މައިޒާންތަކާއި ޕާކުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފަ އެވެ. އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް ދަނީ ޕާކުތަކާއި މައިޒާންތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންނެވެ. 

އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ބައެއް ތަންތަނަށް މާބޮޑު އަޅާލުމެއް މި ސަރުކާރުން ނުދޭ ކަމަށާއި އެތަންތަން ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް