ބާގީ ތިނެއްގެ ތަރި، ޓައިގާއާ ސަޕޯޓަރަކު މިވަނީ އޭނާ ކުޅެން ބޭނުންވަނީ މާވެލް ސުޕަހީރޯއިންގެ ތެރެއިން ކޮން ރޯލެއްތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޓައިގާ ބުނީ ސްޕައިޑާމޭން ކަމަށެވެ. އެގޮތުން ޓައިގާ ވަނީ އެ ރޯލަށް އޭނާ ވަރަށް ހިތްޖެހިފައިވާކަން ވެސް ހާމަކޮށްފަ އެވެ.
އޭގެ އިތުރުން ޓައިގާ ވަނީ އޭނާގެ ފޭވްރިޓް ސައުތު އެކްޓަރަކީ އައްލޫ އަރްޖުން ކަމަށް ވެސް ބުނެފަ އެވެ. އެގޮތުން އައްލޫ ކުޅޭ ރޯލުތަކާއި އޭނާގެ އެކްޓިން ފުރިހަމަކަމުން ނިކަން ތައުރީފްކުރި އެވެ.
އުމުރުން 30 އަހަރުގެ ޓައިގާއަކީ ވެސް ނިކަން ހުނަރުވެރި އެކްޓަރެކެވެ. އޭނާ މޮޅުކަމުން ގިނަ ބަޔަކު އޭނާއަށް ވެސް ތައުރީފްކޮށް ހަދަ އެވެ.