 
                                                                                                
                    ނަމަވެސް ވަރުންގެ ގާތް އެކުވެރިންގެ ލިސްޓްގައި ހިމެނޭ ސޯނަމް ކަޕޫރަށް މިވަނީ ވަރުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނެ ގޮތެއް ނުވެފަ އެވެ.
ވަރުންގެ ކައިވެނީގެ ހަފްލާގައި ސޯނަމް އަށް ބައިވެރި ނުވެވެނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ބްލައިންޑް"ގެ ޝޫޓިން އަށް ގައުމުން ބޭރުގަ އުޅޭތީ އެވެ. ސޯނަމް މި ވަގުތު ހުރީ ސްކޮޓްލޭންޑްގަ އެވެ.
މި ބަލިމަޑުކަމާ ގުޅިގެން އިންޑިއާގެ ބައިނަލްއަގްވާމީ ކަރަންޓީން ގަވާއިދުގައި އޮންނަ ގޮތުން ސްކޮޓްލޭންޑް އިން އެގައުމަަށް ދާނަމަ 14 ދުވަހު ކަރަންޓީނު ވާންޖެހެ އެވެ. އެހެންކަމުން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަމަޔަށް އޮންނަ ވަރުންގެ ކައިވެނީގައި ސޯނަމް އަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ވަރުން އާ ސޯނަމް އަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް ވަރަށް ގާތް އެކުވެރިންނެވެ.