 
                                                                                                
                    ވަރުން "މިސްޓާ ލެލޭ" ގެ ސްކްރިޕްޓް ކިޔާލާފައި ޑައިރެކްޓަރު ޝަޝާންކް ކައިރިން އެދުނީ ފިލްމްގެ ސްކްރިޕްޓް އެއަށް ވުރެ ރީތި ކުރުމަށެވެ. ނޫން ނަމަ ފިލްމް ނުކުޅޭނެ ކަމަށް ވަރުން ބުނެފައި ވެއެވެ.
އޭރު އޮތީ މިދިޔަ އަހަރު ކުރީކޮޅު އެ ފިލްމުގެ މަސައްކަތް ފެށުމަށް ހުރިހާ ކަމެއް ތައްޔާރުވެފަ އެވެ. ނަމަވެސް މިހާރު އަހަރެއްވެފައި ވާއިރު އަދިވެސް އެ މަސައްކަތް ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް މިހާރު ޑައިރެކްޓަރު ޝަޝާންކް ވަނީ ވިކީ ކައުޝަލް އާ އެކީ ފިލްމްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
ޖާސޫސް ކުރާ މީހެއްގެ ދިރިއުޅުމުގެ މައްޗަށް ހަދާ އެ ފިލްމްގެ ސްކްރިޕްޓް ވިކީ އަށް ވަރަށް ކަމުގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލްމްގެ ޝޫޓިންގެ މާޗު މަހު ފެށޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.