ads
ފެލިވަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ--
ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ މަޝްރޫއު އެމްޓީސީސީއަށް!
ފެލިވަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ( އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ ދަށުން، 179,780.40 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން ހިއްކުމާއި، 218.9 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ބޭރުތޮށި ލުމާއި، 574.6 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ޖެހުން ހިމެނެ އެވެ. 

އޭގެ އިތުރުން 264.8 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 2,466 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ބޭނުމަކީ ލަފާފުރޭ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖް ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ. އެ މަޝްރޫއުގެ އަގަކީ 113.39 މިލިއަން ރުފިޔާ އެވެ. 365 ދުވަހު ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޓިސީސީން މައުލޫމާތު ދެއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް