ads
އެލާޖިކްވާ މީހުން ކޮވިޑް ވެކްސިން ޖެހުން ރަނގަޅެއް ނޫން: ސީޑީސީ
މާދަމާ ރާއްޖެއަށް ކޮވިޑް ވެކްސިން ގެންނަނީ
މާދަމާ ރާއްޖެއަށް ކޮވިޑް ވެކްސިން ގެންނަ ކަމަށް މަައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރާއްޖެއަކީ އިންޑިއާއިން ކޮވިޑް ވެކްސިން ދޭ ފުރަތަމަ ގައުމެވެ. 

އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ޝުވިތާ ޝަރުމާ ބުނެފައިވަނީ މާދަމާ މެންދުރު 14:00 ގަައި ރާއްޖެއަށް ވެކްސިން ލިބޭނެކަން މަސްދަރުތަކުން މައުލޫމާތު ލިބޭ ކަމަށެވެ.  

ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ސިއްހީ ހިދުމަތްތެރިންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހޯމަ ދުވަހު ހުޅުވާލާފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.

ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ އެކަމަށް ހާއްސަ ވެބްސައިޓް މެެދުވެރިކޮށް ކަމަށް ވެސް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ނިންމާފައިވާއިރު ރާއްޖެއިން ގަންނަ ވެކްސިނަކީ މި ވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ވެކްސިން ރައްކާކުރުމަށް ބޭނުންވާ ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީގައި ބައިނަލްއަގުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް