ads
ކޮވިޝީލްޑް--
ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގައި ރާއްޖެ ގެނައި ވެކްސިން ހިމެނޭ
ރާއްޖޭގައި ދިނުމަށް ނިންމާފައިވާ ކޮވިޝީލްޑް ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ކޯވެކްސް ފެސިލިޓީގައި ހިމެނޭ އެއް ވެކްސިން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ހެދި މި ވެކްސިނުގެ 100،000 ޑޯޒް މިއަދު އިންޑިއާގެ ހިލޭ އެހީގެ ދަށުން މިއަދު ރާއްޖެ ގެނެސްފައި ވާއިރު، އިތުރު 700،000 ޑޯޒް ގަންނަން ސަރުކާރުން ވަނީ އެސްޓްރަސެނެކާ އާއެކު އެއްބަސްވެފަ އެވެ. 

ނަމަވެސް މިއީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ރުހުން ލިބިފައިވާ ވެކްސިނެއް ނޫން ކަމުން ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަކު ރާއްޖޭގައި ވެކްސިން ދޭން ފަށާނީ ޑަބްލިއުއެޗްއޯގެ ރުހުން ލިބުމުން ކަމަށް ނަޒްލާ ވަނީ މިއަދު ވިދާޅުވެފަ އެވެ، 

ޑަބްލިއުއެޗްއޯއިން ވަނީ ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް 172 ގައުމު ހިމެނޭ "ކޯވެކްސް" ފެސިލިޓީ އުފައްދާފަ އެވެ. ރާއްޖެއަކީ ވެސް މި ފެސިލިޓީގެ މެމްބަރު ގައުމަކަށް ވާއިރު، އޭގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ވާ ވަރަށް ހިލޭ ވެކްސިން ދޭން މިހާރު ވެސް ވަނީ ނިންމާފަ އެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ގިނަ ވެކްސިންތަކެއް ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ޑަބްލިއުއެޗްއޯގެ ހުއްދަ ލިބުމާއެކު ކޯވެކްސްގެ ތެރެއިން ނުވަ ވެކްސިނެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ވެސް ހިމެނެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައި ވަނީ މި ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ލިބިއްޖެ ނަމަ ކޯވެކްސް މެދުވެރިކޮށް ޑޯޒެއް ތިން ޑޮލަރުގެ ރޭޓުން ގައުމުތަކަށް ލިބޭނެ ކަމަށެވެ. އެހެންކަމުން މި ވެކްސިން މިއީ މެދު އަދި ދަށް ފަންތީގެ ގައުމުތަކަށް އެންމެ ފަސޭހައިން ލިބެން ހުރި އެންމެ ރައްކާތެރި ވެކްސިނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް